ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް, ދެ މީހަކަށް ފަރުވާ ދެނީ

ހުޅުމާލޭ ފޭސް އެކެއްގައި ދެ ގުރޫޕެއްގެ ދެމެދުގައި މިރޭ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ, ހުޅުމާލޭ ފޭސް އެކެއް ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 21:00 ހާއިރު ކަމަށެވެ.
މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަނިޔާވި ދެ މީހުންނަށް ވެސް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ ކޮން އަނިޔާއެއް ކަމެއް އައި އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
މާރާމާރީ ހިނގި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކީއްކުރަން ފަރުވާދެނީ؟