ޚަބަރު

މަސްވެރިންނަށް ދޭން ޖެހޭ 850 މިލިއަން ރުފިޔާ ދޫކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިފްކޯއަށް ކިރާފައިވާ މަހަށް، މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައި ކަމަށާއި ބާކީ ނުދެވި އޮތީ 27 މިލިއަން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވަޒީރު މިފަދައިން ވިދާޅުވީ މި ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ، ރައީސް އާއި ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ “އަހާ” ފޯރަމްގެ ތިން ވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު މަސްވެރިންނަށް ދައްކަން ޖެހޭ ޖުމްލަ 250 މިލިއަން ރުފިއާ އޮތެވެ. މި އަދަދާއި އެކު ސަރުކާރުން މިހާތަނަށް ވަނީ މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދީފައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަސްވެރިންނަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭ ބައެއް 

ނިމިދިޔަ ސަރުކާރުގައި މަހުގެ އަގަށް އައިސްފައި ވާ ބޮޑު ބަދަލަކީ ސަރުކާރަށް ގެއްލުން ދިނުމަށް ގެނައި ބަދަލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 17 ނޮވެމްބަރު 2023 އިން ފެށިގެން އެ ފައިސާ ބެކްލޮގު ވަމުން އައިސްފައިވީ ނަމަވެސް، ފައިސާ ދައްކަމުން ގޮސް ބެކްލޮގު ކްލިއާ ކުރެވިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!