ދިވެހިންނާއި ބިދޭސީންގެ ބަޔަކާ ދެމެދު ހިނގި މާރާމާރީގައި ކުޑަކުއްޖަކު ނުހިމެނޭ: ފުލުހުން

ހުޅުމާލޭގައި ބިދޭސީންނާއި ދިވެހިން ދެމެދު ހިނގި މާރާމާރީގައި ކުޑަކުއްޖަކު ނުހިމެނޭކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިރޭ ހުޅުމާލޭގައި ބިދޭސީންނާއި ދިވެހިން ދެމެގު ހިނގި މި މާރާމާރިއާ ގުޅިގެން ސޯޯޝަލް މީޑިއާގައި ވަނީ ކުޑަކުއްޖަކަށް މާރާމާރީގައި އަނިޔާ ލިބުނުކަމަށް ބުނާ ޕޯސްޓުތަކެއް ދައުރުވެފައިއެވެ. ނަމަވެސް ފުލުހުން ވަނީ މި މައުލޫމާތުދޮގުކޮށްފައިއެވެ.
މާރާމާރީގައި ދެމީހުންނަށް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައިއެވެ.
އިންޑިއާގެ ބިދޭސީ ބަޔަކާއި ދިވެހިންނާއި ދެމެދު ހިނގި މި މާރާމާރީ އާއި ގުޅިގެން ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައިއެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މި މައްސަލައާއި ގުޅުން ހުރި މީހުން ހޯދުމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.