ފޭދޫ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެތަން ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދާދި ފަހުން މާލޭގެ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މާލޭގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައި އެބަ ހުއްޓެވެ.