ޚަބަރު

ލޯންޗުގައި އެކަނި މާލެ އައި ކުއްޖާ އާއިލާއާ ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯންޗެއް ވަގަށް ނަގައިގެން މާލެއައި ފިރިހެން ކުއްޖާ ހޯދާ އާއިލާއާ ހަވާލުކޮށްފިއެވެ.

Ads by MWSC

އެ ފިރިހެން ކުއްޖާ ފިލައިގެން ގޮސްފައިވަނީ އިއްޔެ ހެނދުނު ވަގުތެއްގައި ކަމަށްވެއެވެ. އޭނާ މާލެ ދިޔަ ލޯންޗު ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވާ ފުލުހުން ވަނީ ހޯދާފައެވެ.

އެ ކުއްޖާގެ ރަހުމަތްތެރިނާ ހަވާލާދީ ބައެއް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވަނީ އޭނާ މާލެއަށް އައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ 13 އަހަރުގެ އަންހެން ކުއްޖާ ވަރަށް ހާލުގައި މާލޭގައި އުޅޭތީ އެކުއްޖާ ސަލާމަތް ކުރުމަށެވެ. މަޢުލޫމާތު ލިބިައިވާ ގޮތުގައި އެ ކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި އޭނާގެ މަންމަގެ ފޯނާއި ބައެއް އަންނައުނު ވެސް ދަބަހަށް ލައިގެން ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ލޯންޗްގައި މާލެ އައިސްފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މިހާރު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!