ރައީސް އެދިލެއްވި ގޮތަށް ކަރަންޓުގެ ޑިސްކައުންޓް ނުދޭތީވެ އިސްލާހުކުރަން އަންގައިފި
ރަމަޝާން ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދަފުޅަކަށްވާއިރު އެއާ އެއްގޮތަށް ޑިސްޓަކުން ދީފައިނުވާތީވެ އެކަން އިސްލާހުކުރަން ކުންފުނިތަކަށް އަންގައިފިއެވެ.
''ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި'' ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ހީނާ މިހެން ވިދާޅުވެފައިވާއިރު ހުސްވި ރަމަޝާން މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދޭން ނިންމާފައިވާކަން ސްޓެލްކޯ އިން ވަނީ މިއަދު އިއުލާންކޮށްފައެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކަމަަށެވެ.
''މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ'' ފަހުމީގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.
ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދެވިފައިވަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށް އެންމެ ރަނގަޅަށް ކަމަށް މީގެ ކުރިން ފަހުމީ ވިދާޅުވެފައިވެެއެވެ.
ކޮބާ މަސްވެރިންގެ މަހުގެ ފައިސާ.އަނެއްކާ ދެމަސް ވަނީ އެއް ގޮތަކައް ނުދޭތާ