ޚަބަރު

އެއާޕޯޓުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން ފޯރަމެއް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމްގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއެންސް" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

Ads by Sosun Fihaara

ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ފޯރަމް ފައްޓަވައި ދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް މުއާޒް ހަލީމްއެވެ. އެ ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއ،ި ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން އެއާޕޯޓުގެ އެމަޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައިއެވެ. އެ ފޯރަމް ފައްޓަވައި ދެއްވާ ވަހާކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވ،ީ ވީއައިއޭ އަކީ ގައުމުގެ އެންމެ މުހިއްމު އިމާރާތްތައް ގާއިމު ކުރެވިފައިވާ ތަން ކަމުގައިވާއިރ،ު އެއާޕޯޓަށް ހާއްސަ ސަލާމަތާއި
ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައިހުރުން މުހިއްމު ކަމަށެވެ.

އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަޖެންސީ ރެސްޕޮންސް ކަށަވަރުކުރުމަށާއ،ި ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގއި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވ،ީ ވެލާނާ އެއާޕޯޓުގެ ފަސިންޖާ ޓްރެފިކް އިތުރުވ،ެ މުޅި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރ،ު މިމަޝްރޫއުތަކުގެ ހުރިހާ މަރުޙަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގެ
ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއ،ި ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށް ވުރެ ބޮޑަށް ތައްޔާރުވ،ެ އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުމެވެ.

އެ ފޯރަމްގައި ސެކިއުރިޓީއާއި އެމާޖެންސީ ހިލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާއި ބެހޭގޮތުން އެ މުއައްސަސާތަކުން މައުލޫމާތު ހުށަހަޅައިދޭނެއެވެ. އަދި ސެކިއުރިޓީ އެމަޖެންސީ ޓޭބަލްޓޮޕް
އެކްސަސައިޒެއް ކުރިޔަށް ގެންދާނެއެވެ. މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އިމަޖެންސީ ހާލަތެއްގައި އަމަލު ކުރާގޮތަށް ކުރިޔަށްދާ އެކްސަސައިޒެކެވެ.

"އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024" އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލަމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެމ.ްއ.ޭސ.ީއެލްއިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!