Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލީހުގެ އާ ދައުރުގައި މަސްދަރު ބިލް އިސްލާހުކުރަނީ

މަޖިލީހުގެ އާ ދައުރުގައި މަސްދަރު ބިލް އިސްލާހުކުރަނީ

ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ދައުރުގައި، މަސްދަރު ހާމަ ކުރެވޭ ގޮތަށް އެކުލަވާލާފައި އޮތް ހެއްކާ ބެހޭ ބިލު އިސްލާހުކުރުމުގެ ވިސްނުން އެބަހުރި ކަމަށް ސަރުކާރުން ބުނެފިއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި މިދިޔަ އަހަރު ރާއްޖެ ވަނީ 13 ދަރަޖަ ފަހަތަށް ވެއްޓިފައެވެ.

މިއީ ނޫސްވެރިކަން ކުރަން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ ވެއްޓުމެވެ.

Advertisement
Allied Insurance — Square (box)

މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލެވެ.

އެ އިސްލާހުގައި ނޫސްވެރިން ލިޔާ ލިއުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ހިމެނެއެވެ.

މިކަމާ ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސްތަރުޖަމާނު ވިދާޅުވީ، އެ ބިލު އެ ނޫން ގޮތަކަށް ބަދަލުކުރުމަށް އިސްލާހު ހުށަހެޅުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށެވެ.

އިސްލާހު ހުށަހަޅާނީ ސަރުކާރުގެ މެޖޯރިޓީ އޮންނަ އާ މަޖިލީހަށް ކަމަށް ހީނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް