ޚަބަރު

މާލީ ނިންމުންތައް ނިންމަނީ ދެފުށް ފެންނަ ގޮތަށް: ވެމްކޯ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ވެމްކޯ އެމްޑީ މުޖުތަބާއި ޖަލީލު، ފޮޓޯ": ވެމްކޯ

ވެމްކޯއިން މާލީ މުއާމަލާތްތައް ކުރަނީ ފުރިހަމަ ނިޒާމެއްގެ ތެރެއިން ދެފުށްފެންނަ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ވެމްކޯއިން މިހެން ބުނީ،  އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ  މުޖުތަބާ ޖަލީލަށް ކޮށްފައިވާ ތުހުމަތުކޮށް، "ދިޔަވަރު" ވެބްސައިޓުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ވެބްސައިޓުގައި އާންމުކުރި ލިއުމުގައި ވަނީ 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ކުންފުންޏަށް 54 ގާބޭޖް ޓްރަކް ގަތުމުގެ ޕްރޮޖެކްޓުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އަދި އެ ޓްރަކްތައް ގަނުމަށް މުއާމަލާތްކުރަމުންދަނީ މުޖުތަބާގެ އާއިލީ ފަރާތެއްގެ ނަމުގައިި ދުބާއީގައި ރެޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުން ކަމަށް ބުނެފައިވެއެވެ.

މި ތުހުމަތާއި ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނުގައި ބުނީ، އެ ލިޔުމުގައި ހުރީ ދޮގު މައުލޫމާތު ކަމަށެވެ. އެ ކުންފުނިން ކުރާ އެންމެހާ މާލީ ނިންމުންތަކަކީ، އެކަމަށް ހާއްސަ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުންތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ނިންމުންތައް ނިންމަނީ ކުންފުނީގެ ބޯޑާއި، ބިޑް ކޮމިޓީއިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނީ ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ޓްރަކްތައް ގަތުމަށް މިހާތަނަށް މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.

ދޮގު މައުލޫމާތު އާންމުކުރުމުގެ ސަބަބުން ކުންފުނީގެ ނަޒާހާތްތެރިކަމާމެދު އާންމުންގެ ހިތްތަކުގައި ސުވާލުއުފެދެމުންދާތީ، އެ ކުންފުންޏާއި ގުޅޭގޮތުން އެއްވެސް ލިޔުމެއް ޝާއިޢުކުރުމުގެ ކުރިން އެ ކުންފުނިން މައުލޫމާތު ސާފުކުރުމަށް ވެސް އެ ބަޔާނުގައި އެދިފައިވެއެވެ.

Ads by Ooredoo
  1. ޢަޒީ

    ތުހުމަތު ކުރުމާއި ބަރީއަ ކުރުމަކީ ނޫސްވެރިން މެދުވެރިވެގެންކޮށް ކުރަންޖެހޭކަމެއްކަމަށް ނުހަދަމާ ހިނގާށެވެ. ކަމާއިބެހޭ އިދާރާތަކުން މިބާވަތުގެ މަސްއަލަތައް ތަޙްޤީޤްކޮށްހެކިލިބޭނަމަ ހިންގިފަރާތާއި މެދު އަދި ދޮގެއްނަމަ އަބުރު ކަނތިލި ފަރާތާއި މެދު އަވަސް ފިޔަވަޅު ަޅަންޖެހެއެވެ.