Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަަޙައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަަޙައްދުތަކުން ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ދީފްރަމްގޯޅި، ފިނިފެންމާގޯޅި، މެހެލިގޯޅި، ގަލަދުންގޯޅި، ހުސްނުހީނާމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެން ކަމުން މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.

Advertisement
Ooredoo — Square (box)

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުން ދޭތެެރެ ދޭތެރެއިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް