ފުލުހުންގެ ބަންދުން ފިލި މީހަކު ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފި

ވިލިމާލޭ ޕޮލިސް ސްޓޭޝަނުން މީހަކު ފިލި މައްސަލައިގައި އެ މީހާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ މީހާ ފިލާފައި ވަނީ ޑިސެމްބަރު 15، 2022 ގައި ހުއްދަ ނެތި ގެއަކަށް ވަނުމުގެ ތުހުމަތުގައި ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަންދުކުރަން ނިންމައި، ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނުގައި ބަހައްޓާފައި ހުއްޓަ އެވެ.
އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ވަނީ ކްރިިމިނަލް ކޯޓުގައި އިންކާރުކޮށްފަ އެވެ.
ދައުވާ އަށް އޭނާ އިންކާރު ކުރިޔަސް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަށް ބަލައި ކްރިިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެެއް އެ މީހާ އަށް އިއްވާފަ އެވެ.