ބޮލީވުޑް މުނިފޫހިފިލުވުން

ބަތަލާ ކަންގަނާ އިންޑިއާގެ މަޖިލީހަށް ނިކުންނަން ފޯމު ހުށަހަޅައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ކަންގަނާ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަނީ

ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާއަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފި އެވެ.

Ads by Hajj Corporation

ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދަމުން އައިސްފައިވާ ކަންގަނާ ސިޔާސީ ދާއިރާއަށް ނިކުންނަން އުޅޭކަން އިއުލާން ކުރި ނިމިދިޔަ 2023 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ ލޮކް ސަބާއަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ނޮމިނޭޝަން ފޯމު އިއްޔެ ހުށަހަޅައިފަ އެވެ. މި ފޯމާއިއެކު ކެނޑިޑޭޓުގެ މާލީ ހިސާބުތައްވެސް ހުށަހަޅަން ޖެހެ އެވެ.

ކަންގަނާ އިއްޔެ ހުށަހެޅި މާލީ ރިޕޯޓުގައި ވާގޮތުން އޭނާގެ 24 އަހަރުގެ ބޮލީވުޑް ހަޔާތުގައި 100 ކްރޯރް ރުޕީސްގެ އެސެޓު ވަނީ ހޯދިފަ އެވެ. އޭގެ ބައެއް ތަފްސީލުތައް ހިމަނައިލާނަމެވެ.

  • 5 ކްރޯރް ރުޕީސްގެ ރަން ގަހަނާ
  • 3 ކްރޯރް ރުޕީސްގެ ޑައިމަންޑް ގަހަނާ
  • 50 ލައްކަ ރުޕީސްގެ ރިހި ގަހަނާ
  • 98 ލައްކަ ރުޕީސްގެ ބީއެމްޑަބްލިއު ކާރެއް
  • 58 ލައްކަ ރުޕީސްގެ މާސިޑީސް ބެންޒް ކާރެއް
  • 91 ކްރޯރް ރުޕީސްގެ މާސިޑީސް މޭބެޗް ކާރެއް
  • 53،000 ރުފީސްގެ ވެސްޕާ ސްކޫޓަރެއް
  • 16 ކްރޯރް ރުޕީސްގެ ތިން ފްލެޓު (މުމްބާއީގައި)
  • 15 ކްރޯރް ރުޕީސްގެ ގެއެއް (މަނާލީގައި)

ކަންގަނާ ބުނާ ގޮތުގައި 2022 އަދި 2023 ވަނަ އަހަރު އޭނާއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 4 ކްރޯރް ރުޕީސް އެވެ. އަދި 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 12.3 ކްރޯރް ރުޕީސް އެވެ.

ކަންގަނާއަކީ އޭލެވެލް ފެންވަރަށް ކިޔަވައިގެން ހުރި މީހެކެވެ. އޭނާ ތައުލީމު ހާސިލް ކުރީ ޗަންދީގަޑްގެ ޕްރައިވެޓް ސްކޫލަކުންނެވެ.

ކަންގަނާ މަޖިލީހަށް ވާދަކުރަނީ އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ބާރަތިޔަ ޖަނަތާ ޕާޓީ، ބީޖޭޕީގެ ޓިކެޓުގަ އެވެ. އެޕާޓީއަކީ މިހާރު އިންޑިއާގައި އޮތް ސަރުކާރު، ހިންގާ ޕާޓީވެސްމެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ދައުރަށްވެސް އިންތިހާބުވެވަޑައިގެންނެވީ ބީޖޭޕީގެ ޓިކެޓުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!