ޚަބަރު

ފާރެއްގެ މަތިން ބުޅަލެއް ހޫރާލި މީހެއްގެ މައްސަލަ ބަލަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ހަ ފޫޓަށްވުރެ އުސްކޮށް ރާނާފައިވާ ފާރެއްގެ މަތިން ހޫރާފައި ބުޅަލެއް އެއްލި މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށަައިފިއެވެ.

Ads by STELCO

އެ ބުޅާ ހޫރާފައި އެއްލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ހަވީރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ގއ. ވިލިނގިލި މަގުމަތީގައި ހުރެފައި، އުސް ފާރެއްގެ މަތިން ފުރާޅުމައްޗަށް ވާނެ ކަހަލަ ގޮތަކަށް ބުޅާ ހޫރާފާ އެއްލަނީއެވެ. ދައުރުވާ ޕޯސްޓުގައި ބުނާގޮތުން ނަމަ، އެ މަންޒަރު ވީޑިއޯކޮށް ޓިކްޓޮކްގައި ޕޯސްޓް ކޮށްފައިވަނީ ފުލުހެކެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ގއ. ވިލިނގިލި ފުލުހުން ބަލަމުންދާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

މަގުމަތީގައި އުޅެމުންދާ ބުޅާތަކަށް އަނިޔާކުރުމާއި، ގެއްލުންދިނުމުގެ މައްސަލަތައް ދެތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް މިހާރު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބުޅާ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!