ޚަބަރު

އިންޑިއާއިން އަބަދުވެސް ޗައިނާއާއެކު ގުޅުން ރަނގަޅުވާނެ: ޖައި ޝަންކަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ވިދާޅުވީ، އިގްތިސާދީ އިތުރު ފުރުޞަތުތައް ތަނަވަސްވަމުން އަންނައިރު، ރަޝިޔާއާއެކު ވިޔަފާރީގެ މުއާމަލާތްތައް އިތުރުވުމަކީ ވަގުތީ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

Ads by STELCO

އިންޑިއާއާއި ރަޝިޔާއާ ދެމެދު ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާއިރު، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔޫކްރެއިންއަށް މޮސްކޯއިން އަރައިގަތުމާ ގުޅިގެން، މޮސްކޯއިން އެކަން ކުށްވެރިކުރުމަށް ނިއުދިއްލީން ދެކޮޅު ހަދައި، މަޝްވަރާއާއި ޑިޕްލޮމެސީގެ ޒަރިއްޔާއިން ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވަނީ ގޮވާލާފައެވެ.

ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، ގަތުމުގެ މަސައްކަތް ހުއްޓާލި ފަހުން، ރަޝިއާއިން "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް" ގެ ގޮތުގައި ސިފަކުރާ އިރު، ރަޝިއާގެ ކަނޑުން ތެޔޮ ގަންނަ ގައުމުތަކުގެ ތެރޭގައި ނިއު ދިއްލީ ވަނީ ހިމެނިފަ އެވެ.

އިންޑަސްޓްރީކޮންފަރެންސެއްގައި ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ ޒަމާނުއްސުރެ ރަޝިއާއާ މެދު ބަލަނީ ސިޔާސީ ނުވަތަ ސަލާމަތީ ނަޒަރަކުން ކަމަށެވެ.

"އެ ގައުމު އިރުމައްޗަށް އެނބުރެމުންދާއިރު، ތާޒާ އިގްތިސާދީ ފުރުސަތުތައް އަމިއްލަ އަށް ހުށަހަޅަނީ... އަޅުގަނޑުމެންގެ ވިޔަފާރީގެ ކުރިއެރުމާއި، އެއްބާރުލުން ދިނުމުގެ އާ ދާއިރާތަކަކީ ވަގުތީ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ."

2024 ވަނަ އަހަރުގެ މާޗް މަހު ނިމުނު މާލީ އަހަރު އިންޑިއާ އާއި ރަޝިއާއާ ދެމެދު ވިޔަފާރީގެ އަދަދު 65.7 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތަ އިގެ ކުރިއެރުމެކެވެ.

ރަޝިޔާއާއެކު އިންވެސްޓްމަންޓް މުއާހަދާއެއް ހެދުމުގެ އިތުރުން މޮސްކޯއިސްވެ ހުންނަވާ ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިއުދިއްލީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަސްކަރީ އާލާތްތައް ގުޅިގެން އުފެއްދުމާ ބެހޭ ގޮތުން ވެސް ދެ ގައުމުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!