ޚަބަރު

ސަރުކާރުގެ 12 ކުންފުންޏަކަށް ބޯޑު ޑިރެކްޓަރުން އައްޔަންކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ޕީސީބީގެ މެންބަރުން

ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުން އައްޔަންކޮށްފިއެވެ.

Ads by STELCO

ޕީސީބީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ, 7 މާޗުން 14 މެއިގެ ނިޔަލަށް ކުންފުނިތަކުގެ ބޯޑަށް ގެނެސްފައިިވާ ބަދަލުތައް އާންމުކޮށްފައެވެ.

އޭގެ ތެރޭގައި ސަރުކާރުން އަލަށް އުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ބޭފުޅުން އައްޔަންކޮށްފައިވެއެވެ. މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށާއި މަސްވެރި އުފެއްދުންތައް އިޝްތިހާރު ކުރުމަށް މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏަށް އައްޔަންކުރި ފަސް ބޭފުޅުންނަކީ:

  1. އަހްމަދު ޒަރީރު ދިލްކުސާގެ/ދ. މާއެނބޫދޫ - މެނޭޖިން ޑިރެކްޓަރު
  2. މުންޝިދާ އިބްރާހިމް، ގ. އޮނުހުރި
  3. އަހްމަދު ޝިފާޒު، ނައިޓް ރޯޒް/ތ. ދިޔަމިގިލި
  4. އަހްމަދު ޔާމީން، ގްރީން ވިލާ/ސ. މީދޫ
  5. އާދަމް މަނިކު، ހ. ސަމަރުބްލޫ

ޑިރެކްޓަރުންގެ ބޯޑަށް ގެނައި އެހެނިހެން ބަދަލުތައް:

  1. ބީއެމްއެލް - އަލީ ފާރިސް، ގ. ސިނަމާލެ 35-04 3
  2. އެސްޑީއެފްސީ - މުހައްމަދު މާއިޒް މުނާޒު، ގ. އަޒާރޯ - ބޯޑު މެމްބަރު
  3. އެފްޑީސީ - މުހައްމަދު ސައީދު، މ. ސްނޯ ފްލޭކްސް
  4. މޯލްޑިވްސް އިސްލާމިކް ބޭންކު - އަހްމަދު ސިރާޖު، ވ. ސިނަމާލެ 04-4-2
  5. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ -  އައިޝަތު ވަފާ މުހައްމަދު މުހައްމަދު، އަބުރަހީގެ/ޅ. ހިންނަވަރު
  6. ބީސީސީ - އަލީ މައުސޫމް، ވީނަސްވިލާ/އދ. މާމިގިލި
  7. މޯލްޑިވްސް އެއާ ޓްރެފިކް ސާވިސަސް - ހަސަން މިރާސް، މއ. މާފުނަ
  8. ސްޓެލްކޯ - މެމްބަރަކަށް ޔޫސުފް ވަހީދު، ބޮޑުގެ/ހއ. ވަށަފަރު
  9. ހައްޖު ކޯޕަރޭޝަން - މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު، ދަފްތަރު ނަންބަރު ރސ -316 94 (ޗެއާމަން)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!