ޚަބަރު އިޖުތިމާޢީ

ގެއްލިގެން ހޯދަމުން ދިޔަ މުދާއުފުލާ ބޯޓު ފެނިއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން

ކ. ތިލަފުށިން ފުރައިގެން މ.އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ބޯޓާ އެމްއެންޑީއެފަށް ގުޅިއްޖެ އެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން މިއަދު ބުނީ, އެ ދޯންޏަށް ގުޅިފައިވާ ކަމަށާއި ކޯސްޓު ގާޑު ޝަހީދު އަލީ މިހާރު އެ ދިމާލަށް ދުއްވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ހިއްސާ ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ދޯނި ފެނުނުއިރު އެ ދޯނީގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅެވެ. އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކު ހިމެނޭހެން ޖުމްލަ 4 މީހުންނެވެ.

ހުކުރު ދުވަހު ހެނދުނު 6:00 އެހާކަށްހާއިރު ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 17:20 ހާއިރު އެވެ.

"AAA 37" ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން 6240 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލައިފަ އެވެ.

މި އޮޕަރޭޝަންގައި ކޯސްޓުގާޑުގެ އިތުރުން މޯލްޑިވިއަންގެ މަތިންދާބޯޓެއް ވެސް އައީ ބޭނުން ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!