ބަނޑޭރިކޮށިން ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑު ޕޯސްމޯޓަމް ހެދުމަށް މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.
ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ އެ މީހާ ފެނިފައިވާ އެޕާޓްމަންޓަކީ މިވަގުތު ބޭނުންކުރަމުންދާ އެޕާޓްމަންޓެއް ނޫން ކަމަށެވެ.
Ads by Allied Insurance