ޚަބަރު އިޖުތިމާޢީ

ކަނޑު ދަތުރު ނުކުރޭ، ފަޅު ރަށްރަށާ ފިނޮޅުތަކަށް ނުދާން އިލްތިމާސްކުރަން: ފުލުހުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާއްޖޭގެ ފަޅުރަށަކަށް ބަޔަކު ދަތުރުގޮސް

ކޮންމެެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ މިދުވަސްވަރު ކަނޑު ދަތުރު ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

Ads by Sosun Fihaara

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް އިންތިހާއަށް ގަދަ އަދި ވައިބާރު ދުވަސްވަރެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ފުލުހުން ބުނީ ކަނޑު ގަދަވުމާއިއެކު އެއްވެސް ފަރާތަކުން މި ދުވަސްވަރު ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ދަތުރަކަށް ފަށަން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށާއި މިގޮތަށް ދަތުރު ކުރާއިރުވެސް ކުދި އުޅަނދުތަކުގައި ދަތުރު ނުކުރަން ފުލުހުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފަޅު ރަށްރަށަށާއި ފިނޮޅު ފަދަ ތަންތަަނަށް ދަތުރު ދިޔުމާއި މޫދަށް އެރުން ފަދަ ކަންކަމުންވެސް މިދުވަސްވަރު ދުރުވުމަކީ އެދޭ އެދުމެއް ކަމަށެވެ.

ފުލުހުން މިގޮތަށް އިލްތިމާސް ކުރިއިރު މިދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އެވެ. އެހެންކަމުން ގިނަ ބަޔަކު ދަތުރު ދިޔުމާއި މޫދަށް އެރުން ފަދަ ކަންކަން މިދުވަސްވަރު ދަނީ ކުރަމުންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި އަންނަ ހުކުރު ދުވަހަށްފަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އަލިވާނެ އެވެ. އޭގެ ކުރިން މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑިޒާސްޓާ މެނޭޖުމެންޓުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!