ޚަބަރު އިޖުތިމާޢީ

ނިވާކަން ކުޑަ ހެދުން އަޅައިގެން ހުރި އަންހެނަކު އެއާޕޯޓުން ހައްޔަރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅުނު އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން ބުނީ މިއަދު މެންދުރު 12:10 ހާއިރު ހައްޔަރު ކުރީ ބިދޭސީ އަންހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ވީއައިއޭގެ ސީޕްލޭން ޓާމިނަލާއި ދިމާލުގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހައްޔަރު ކުރިއިރު އެމީހާ ހުރީ ހަށިގަނޑުގެ ބޮޑުބައެއް ފެންނާނެހެން ހެދުން އަޅައިގެންނެވެ.

އެމީހާއަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއްކަމަށް މައުލޫމާތު ލިބެ އެވެ. ފުލުހުންވެސް ވަނީ އޭނާ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އެމީހާގެ ސްޕޮންސާއަށް ފުލުހުން މިހާރު ގުޅާފައިވާއިރު އޭނާއާއި ހަވާލުވާން އެދިފައިވާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހާއްސަކޮށްފައިވާ ވަކި ސަރަހައްދެއްގައި ނޫނީ އާންމު މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ ހެދުން އެޅުމަކީ މަނާ ކަމެކެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!