މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.
ރައީސް މި ނަންތައް ހުށަހެޅުއްވީ، ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިހާބީ މެމްބަރުންނާއި އެކު މިހާރު މުލިއާގޭގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ދެ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީގެ ދެ މެމްބަރުންނެވެ.
އަބްދުއްރަހީމަކީ ފާއިތުވި 5 އަހަރު ޕީއެންސީ/ޕީޕީއެމް ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމަކީ، އޭރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.
ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަގާމުތަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދުރޭ އަށްވުރެ ނާޒިމް ރަނގަޅުވާނެ
ނާޒިމް ހަބޭސް ވާނެ ރައީސް ކަމަށް