ޚަބަރު

ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް ޗައިނާއިން ލީތަލް އެހީ ފޯރުކޮށްދިނުމަށް ނުވަތަ ތައްޔާރުވަމުންދާ ކަމަށް ރިތިޝްގެ ޑިފެންސް މިނިސްޓަރު ގްރާންޓް ޝެޕްސް ތުހުމަތު ކުރައްވައިފިއެވެ.

Ads by Hajj Corporation

ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރެއިންއަށް ފުލް ސްކޭލް ހަމަލާއެއް ދޭން ފެށި ފަހުން ހުޅަނގުގެ ގައުމުތަކުން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރާއި އެހީތެރިކަން ޔޫކްރެއިންއަށް ފޯރުކޮށްދީފަ އެވެ. ޔޫކްރެއިންގައި ބޭނުންކުރުމަށް ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ތުހުމަތުކޮށްފިއެވެ.

ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގައި ޝެޕްސް ވިދާޅުވީ އެމެރިކާ އާއި އިނގިރޭސި ދިފާއީ އިންޓެލިޖެންސްގެ އަތުގައި "ލީތަލް އެއިޑް މިހާރު ޗައިނާއިން ރަޝިޔާއަށް އަދި ޔޫކްރެއިންއަށް ވެސް ދައުރުވަމުންދާ ކަމުގެ ހެކި އެބަހުރި، ނުވަތަ އޮންނާނެ، އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށެވެ.

ނަމަވެސް އޭނާގެ ވާހަކައަށް ތާއީދުކުރާނެ ހެއްކެއް ޝަޕްސް ނުދެއްވަ އެވެ. ނަމަވެސް ޔޫކްރެއިން ފެށުނު ފަހުން ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ދާއިރާއިން 64 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި "އެކަކު އަނެކަކުގެ ބުރަކަށި ނިވާކުރަމުން އަންނަ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމާ ކަންބޮޑުވާން ޖެހޭ ސަބަބަކީ މި ހަނގުރާމައިގެ ކުރީ ދުވަސްތަކުގައި ޗައިނާ އިން ބޭނުންވަނީ މެދުމިނުގެ ނުފޫޒެއް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފޯރާނެ ކަމެއްގެ ގޮތުގައި ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

ޝެޕްސްގެ ވާހަކަތަކާ ގުޅިގެން ލަންޑަނުގައި ހުންނަ ޗައިނާ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ މަސައްކަތަށް ޗައިނާއިން ތާއީދުކުރަނީ ޑްރޯން އާއި މިސައިލް ޓެކްނޮލޮޖީ އާއި ސެޓެލައިޓް ފޮޓޯ އާއި މެޝިން ޓޫލްސް މޮސްކޯއަށް ފޯރުކޮށްދީގެން ކަމަށް އެމެރިކާގެ އިސް އޮފިޝަލުން މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން މިދިޔަ މަހު ބުނެފައި ވަނީ ބެއިޖިން އިން ހަތިޔާރު ފޯރުކޮށްދީފައި ނުވާ ކަމަށާއި އެއީ ޔޫކްރެއިންގެ މައްސަލައިގައި ބައިވެރިވާ ކުންފުންޏެއް ނުވަތަ ޕާޓީއެއް ނޫން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!