ބޮލީވުޑް މުނިފޫހިފިލުވުން

ރިޗާ ބުނަނީ ޝާމިން އިންޓަވިއުތަކުގައި ދޮގު ހަދާކަމަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާމިން ސޭގަލް އަދި ރިޗާ ޗައްޑާ

މިދުވަސްވަރަކީ ނެޓްފްލިކްސްގައި "ހީރާމަންޑީ" ޓްރެންޑުވަމުންދާ ދުވަސްވަރެކެވެ. ދުނިޔޭގެ 192 ގައުމެއްގައި 8 އެޕިސޯޑުގެ މި ވެބް ސީރީޒް ބޮޑު މަގުބޫލުކަމެއް ހޯދަމުން ދާއިރު ބައެއް ކަންކަމާއި ގުޅިގެން ފާޑުކިޔުންވެސް ދަނީ އަމާޒުވަމުންނެވެ.

Ads by STELCO

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒްގައި ކިޔައިދެނީ އިނގިރޭސީންގެ އަތުން އިންޑިއާ މިނިވަން ވުމުގެ ކުރިން ލާހޯރުގެ ހީރާމަންޑީ ކިޔާ ޝަހަރެއްގައި ދިރިއުޅުނު އަންހެނުންތަކެއްގެ ވާހަކަ އެވެ. ޖުމްލަ 6 އަންހެނެއްގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ މި ވެބް ސީރީޒްއިން ފެންނަނީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހަ، ރިޗާ ޗައްޑާ، އަދިތި ރޯއީ ހައިދަރީ، ސަންޖީދާގެ އިތުރުން ޝާމިން ސޭގަލް އެވެ. ބޮޑެތި ފާޑުކިޔުންތަކެއް އާންމުންގެ ފަރާތުން އަމާޒުވެފައިވަނީ ބަންސާލީއާ އާއިލީ ގޮތުން ގުޅުން އޮންނަ ޝާމިންއަށެވެ.

ޝާމިންއަކީ އިންޓަނެޓްގައި ޓްރޯލްއަކަށް ވެފައިވާއިރު ސީރީޒްގައި އޭނާގެ އެކްސްޕްރެޝަންއެއް ނެތުމާއި ކެރެކްޓާ ދައްކުވައިދެވިފައި ނުވާކަމަށް އާންމުން ބުނެ އެވެ. ސީރީޒްގެ ޕްރޮމޯޝަނަލް އިންޓަވިއުތަކުގައި އެހެން އެކްޓަރުން ޝާމިންއާއި އެއްބަސް ނުވާކަންވެސް ފާހަގަކޮށްލެވެ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝާމިން ވާހަކަ ދައްކަން ފެށުމުން ރިޗާ ވަނީ ޝާމިން ކައިރިން ދޮގު ނުހަދަން އެދިފަ އެވެ. ޖަވާބުގައި ޝާމިން ބުނީ އޭނާ ދުވަހަކުވެސް ދޮގު ނުހަދާ ކަމަށެވެ. މީގެ ކުރިން އަދިތިއާ ޝާމިންއާ ދެމީހުންގެ ދެމެދުގައިވެސް މިފަދަ ކޯޅުމެއް ހިނގި އެވެ.

ޝާމިން ދޮގު ހަދާކަމަށް ރިޗާ ތުހުމަތު ކުރިއިރު އޭނާ ބުނާ ގޮތުން ބަންސާލީގެ ވެބްސީރީޒްއަށް އޭނާ ނެގީ ކޮއްކޮއަށް ވުމަކުން ނޫނެވެ. ސީރީޒްއަށް 1 އަހަރު ވަންދެން 14 ފަހަރު އޮޑިޝަން ކުރިކަމަށް ޝާމިން ބުނެ އެވެ. ޝާމިން މީގެ ކުރިން ފެނުނީ އެންމެ ފިލްމަކުންނެވެ. އެއީ ބަންސާލީ ޕްރޮޑިއުސް ކުރި "މަލާލް" އެވެ. އެފިލްމަކީ ގިނަ ބައެއްގެ ތައުރީފު ލިބުނު މޮޅު ފިލްމެކެވެ.

ހީރާމަންޑީގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ މަނީޝާ، ސޮނާކްޝީ އަދި އަދިތީ އަށެވެ. މި ތިން ތަރިންގެ ފަރާތުން ވަރަށް ފުރިހަމަ އެކްޓިންއެއް ފެނިގެން ދިޔަކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. "ހީރާމަންޑީ" ގެ ދެވަނަ ސީޒަންއެއް އައިސްދާނެކަމުގެ ވާހަކަތަކެއްވެސް އޮތީ ދެކެވިފަ އެވެ. ބަންސާލީ ބުނީ ދެވަނަ ސީޒަންއަކަށް އޭނާ ތައްޔާރު ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!