ޚަބަރު އިޖުތިމާޢީ

ފިހަޅޮހި ރިސޯޓުގައި ގެނބިގެން މީހަކު ނިޔާވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ އަތޮޅު ފިހަޅޮހި އަލެންޑް ރިސޯޓު

މާލެ އަތޮޅުގައި އޮންނަ ފިހަޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު މީހަކު ނިޔާވެއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ނިޔާވީ އެ ރިސޯޓުގައި ސްނޯކްލިންއަށް ފޭބި ފަތުރުވެރިއެއް ކަމަށެވެ. އޭނާ ނިޔާވީ ގެނބިގެންނެވެ.

ފުލުހުން ބުނީ ގެނބިގެން އޭނާ އޭޑީކޭ ހޮސްޕިޓަލަށް މިއަދު ހެނދުނު 11:30 ހާއިރު ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ފަތުރުވެރިޔާ އަކީ ރަޝިޔާއަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އިއްޔެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން މޫދަށް ފުންމާލި ދިވެހި މުވައްޒަފަކު ވަނީ ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ އދ. ސެންތާރާ ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން އެމީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހެކެވެ.

އިއްޔެގެ ހާދިސާގައި ނިޔާވީ  އައްޑޫސިޓީ ހިތަދޫއަށް އުފަން އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ. މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުތައް ވަރަށް ގަދަ އެވެ. ފުލުހުންވެސް ވަނީ މި ދުވަސްވަރު މޫދަށް އެރުމާއި ކަނޑު ދަތުރު ކުރުންފަދަ ކަންކަމުން ދުރުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!