އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރަނީ
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމައިިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެސްޓީއޯ އިން އެ ނިންމުން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކުންފުނިން އެކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ.
ސަރުކާރުން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ނިންމާފައެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ ހަމަސް ދުވަހު ގްރޭސް ޕީރިއަޑެއް ދީފައިވާ ޕެކޭޖެއް ކަމަށާއި އަދި އެ ޕެކޭޖުގައި ހަ ޕަސެންޓުގެ އިންޓްރެސްޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެކެވެ.