ސޯޝަލް މީޑިއާ އާއި "އިންޑިއާ އައުޓް" ކުރަން ހަވާލު ކޮށްފައި އިދިކޮޅުން ފިލައިފި: ޝިފާޢު

އިންޑިއާ "އައުޓް" ކުރަން ސޯޝަލް މީޑިއާ އާއި ހަވާލު ކޮށްފައި އިދިކޮޅުން ފިލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
އިދިކޮޅަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޝިފާޢު ވަނީ އިންޑިއާ އައުޓް ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު ދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީތޯ ވެސް ޝިފާޢު ވަނީ ސުވާލު ކުރައްވާފައެވެ.
"އިންޑިއާ އައުޓް ކުރަން ސޯޝަލް މީޑިއާ އާއި ހަވާލުކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތައް ފިލީ ކީއްވެބާ؟ ޤައުމުދެކެ އެއްވެސް މިންވަރަކަށް ލޯބި ނުވަނީބާ؟" ޝިފާޢު ކުރެއްވި ޓްވީޓުގައި ވެއެވެ.
ޝިފާޢު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާ ދުވަސް ކޮޅެއްގައެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން އާއްމުންގެ ގިނަ އަދަދެއްގެ މީހުން ވެސް ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދެކޮޅު ކަމަށް ބުނެ ޝުޢޫރު ފާޅު ކުރަމުންނެވެ.