ޚަބަރު ވިޔަފާރި

އެސްޓީއޯ ބޭސްފިހާރަތަކުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހެންވޭރުގައި ހުންނަ އެސްޓީއޯ ފާމަސީއެއް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ހިދުމަތް މާދަމާ ވަގުތީ ގޮތުން މެދުކަނޑާލާނެކަމަށް އެސްޓީއޯ މެޑިކަލް ސާވިސްއިން އިއުލާން ކޮށްފި އެވެ.

Ads by Hajj Corporation

އެސްޓީއޯއިން ބުނީ ހިދުމަތް މެެދުކަނޑައިލަނީ އެސްޓީއޯ ބޭސްފިހާރަތަކުން ހިދުމަތް ދޭން ބޭނުންކުރާ ސޮފްޓްވެއާ އަޕްޑޭޓު ކުރުމަށްކަމަށެވެ.

ސޮފްޓްވެއާ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ފާމަސީތަކުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ބޭސް ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެކުންފުނިން ބުނި ގޮތުގައި ސޮފްޓްވެއާ އަޕްޑޭޓުކޮށް ނިމުމާއިއެކު އެސްޓީއޯއިން ކަސްޓަމަރުންނަށް ދޭ ހިދުމަތް މިހާރަށްވުރެއް ފުޅާވެގެން ދާނެކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނި، އެސްޓީއޯއިން ބޭހުގެ ވިޔަފާރި ކުރަން ފަށާފައިވަނީ 1983 ވަނަ އަހަރެވެ. ބޭހުގެ އިތުރުން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ އާލާތްތައްވެސް އެސްޓީއޯއިން ދަނީ ވިއްކަމުންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެކުންފުނީގެ ވިޔަފާރި ފުޅާކުރަމުން ގޮސް މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި އެސްޓީއޯގެ 190 ފާމަސީ ހުރެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!