ޚަބަރު

އެއާޕޯޓު ސްޓާފަށް ހަމަލާ ދިން މީހާ ޖޫރިމަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެއާޕޯޓުގައި މާރާމާރީ ހިންގި އެމެރިކާ މީހާ

ރާއްޖޭގެ މައި ވައިގެ ބަނދަރު (ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު) ގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާދިން ބިދޭސީ މީހާ 10،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by MWSC

އެއާޕޯޓުގެ މުވައްޒަށް ހަމަލާދީ މާރާމާރީ ހިންގީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް އެވެ. އެކަމެއް ހިނގީ ލަގެޖް ބަރުވެގެން އެކްސެސް ފީ ދައްކަން ޖެހިގެންނެވެ.

ހަޑަޑް ވިސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގައި ހަޑަޑް ވިސާމް 7،200ރ ޖޫރިމަނާކޮށްފައިވާއިރު ގައިގައި އަތްލުމުގެ ކުށުގައި 3،600ރ ޖޫރިމަނާކޮށްފައިވެ އެވެ. އެއާއެކު 10،800 ރ އިން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޖޫރިމަނާ ކޮށްފައި އެވެ.

އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!