ޚަބަރު

ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ނޮމިނޭޓްވި ‘ޓެލްކޯ އޮފް ދަ އިޔާ -ސްމޯލް މާކެޓްސް’ އެވޯޑް އުރީދޫއަށް

އައިކާ ޔުނާން ، ދެން އޮންލައިން
އުރީދޫ އިން މި އެވޯޑް ހޯދާފައިވަނީ ދިރާގާ ވާދަކޮށް

ސެއިންޓް ރެޖިސް ސިންގަޕޫރުގައި ހުސްވި މޭމަހުގެ 28 ގައި ގައި ބޭއްވި ޓްވިމްބްޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

Ads by STELCO

ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ އަށް ނޮމިނޭޓްވި ތިން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީ އެވެ.

"ޓްވިބިޓް ޓެލެކޮމް އެވޯޑްސް 2024 ގައި "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ މިކާމިޔާބީ އަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މިކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" އެވޯޑު ލިބުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލްކޯއަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!