ޚަބަރު ސިޔާސީ

އިންތިހާބުތަކުން އެމްޑީޕީ ބަލިވި ސަބަބު ދެނެގަންނަން ދިރާސާ ބައްދަލުވުންތައް ފަށައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ދިރާސާ ބައްދަލުވުމުގެ ތެރެއިން

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހުނު ސަބަބުތައް ދެނެގަންނަން ދިރާސާ ބައްދަލުވުންތައް ފަށައިފި އެވެ.

Ads by Hajj Corporation

އިންތިހާބުތައް ގެއްލުނު ގޮތާއި ބެހޭ ދިރާސާ ކުރާ ކޮމިޓީން މިއަދު ވަނީ ނިމިދިޔަ ދައުރުގެ މާލޭ ދާއިރާގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން އެ ކޮމިޓީން ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާވެސް ބައްދަލުކުރައްވައިފަ އެވެ.

އެމްޑީޕީން ބުނީ މިބައްދަލުވުންތައް އަތޮޅުތެރޭގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އިންތިހާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަންނަން ހާއްސަ ދިރާސާއެއް ހަދަން ފާސްކުރީ އެޕާޓީގެ ގައުމީ މަޖިލީހުން މިދިޔަ މެއި މަހު އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ވާދަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަލިވީ 45 އިންސައްތަ ވޯޓު ލިބިގެންނެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބުވީ އެންމެ 12 ގޮނޑި އެވެ.

ދެން އެންމެ އަވަހަށް އިންތިހާބެއް އޮންނާނީ 2026 ވަނަ އަހަރު އެވެ. އެއަހަރު އޮންނާނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިންތިހާބެވެ. އެމްޑީޕީން މަސައްކަތް ކުރަނީ މި އިންތިހާބުގެ ކުރިން ޕާޓީ އިތުރަށް ހަރުދަނާ ކުރާށެވެ.

މަޖިލިސް އިންތިހާބަށްފަހު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަނީ މުޅިންހެން ހުއްޓިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!