ހައްޖު ކޯޕަރޭޝަންގެ ދެވަނަ ގްރޫޕުވެސް މައްކާގައި

މިއަހަރު ރާއްޖެއިން ހައްޖަށް ދާ ދެވަނަ ގްރޫޕު މައްކާއަށް ދަތުރުކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ރޭ ބުނީ އެ ކޯޕަރޭޝަންއިން މިއަހަރު ހައްޖަށް ގެންދާ މީހުންގެ ދެވަނަ ގްރޫޕު ގޮވައިގެން ދިޔަ ފްލައިޓު މައްކާގެ ޖިއްދާގައި ޖައްސާފައިވާ ކަމަށެވެ. ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ދެވަނަ ގްރޫޕު މައްކާގައި
ހައްޖުވާން ދިޔަ ފުރަތަމަ ގްރޫޕު މައްކާއަށް ދިޔައީ މެއި 31 ގަ އެވެ. އެމީހުންގެ ފުރަތަމަ އުމްރާ ޖެހިގެން އައި ދުވަހު ވަނީ ނިމިފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެއަށް ދޫކޮށްފައިވާ 1000 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 50 ކޯޓާ ހާއްސަ ކުރީ ސަރުކާރު ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދޭ ނިކަމެތިންނަށެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން 16 އެވެ.