ޚަބަރު ސަރުކާރު

ހަބީބާ ސީއެސްސީ މެމްބަރުކަމުގެ ހުވާ ކުރައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ މެމްބަރު ފާތިމަތު ހަބީބާ

ފާތިމަތު ހަބީބާ ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ބުނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އެ އޮފީހުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއަށް ވަނީ އަރުވައިފަ އެވެ.

ހަބީބާ ސީއެސްސީގެ މެމްބަރުކަމަށް މިއަދު އައްޔަނު ކުރެއްވިއިރު ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅި ދެ މެމްބަރުންވެސް މިއަދު ވަނީ ހުވާ ކުރައްވައިފަ އެވެ.

އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ ހުވާ ކުރެއްވުންވެސް އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ޖަލްސާތައް މިހަފްތާ ފަށާފައިވާއިރު މަޖިލީހުން ކަނޑައަޅާ މެމްބަރުން އެކި ކޮމިޝަންތަކަށާއި ބޯޑުތަކަށް އައްޔަނު ކުރުން މިހަފްތާއާއި އަންނަ ހަފްތާ ކުރިއަށް ދާނެ އެވެ.

Ads by Allied Insurance
  1. މުނާ

    މަރުހަބާ… އުޅޭނެ ލަކްސް ގަ މީނަ މިހާރުނޭންގެ އެކަންނިމުނީތަ އޭރު ހީވަނީ އެހެން ފަދަގެ ކަމެއްހެން.