ޚަބަރު

ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫން، އެއީ ގާބިލުކަން އިތުރުކުރުން: ސާޖިދާ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އިސްލާމީ ޔުނިވާސިޓީގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި އެ ޔުނިވާސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ރައީސްގެ އަނބިކަނބަލުން ސާޖިދާ ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކި ކަންކަމުގައި ތިމާގެ ގާބިލުކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކަމަނާ މިހެން ވިދާޅުވީ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި އެ ޔުނިވާސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ ޔުނިވާސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުއާމަލާތު ކުރުމުގެ ގާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ގާބިލުކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ޔުނިވާސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމާ ނުލައި އިލްމާއި ހުނަރު ތަރައްގީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

ސާޖިދާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ފަހުގެ ތާރީހުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީހީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވާސިޓީގެ ފެށިގެން އައި ގޮތުގެ ތާރީހަށް ވެސް އަލި އަޅުވާލައްވާފަ އެވެ.

އެކަމަނާ ވަނީ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!