އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2024" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ވެލްޑަރ، މެރިން މެކޭނިކް، އިލެކްޓްރީޝަން، ފައިބަރގްލާސް ޓެކްނީޝަން، މެޝިނިސްޓުން ތަމްރީނު ކުރެވޭނެ ކަމަށެވެ. އޭގެއިތުރުން ހެވީވެހިކަލް އޮޕަރޭޓަރ، އޮޓޯމޮބައިލް އިލެކްޓްރީޝަން އަދި ހައިޑްޜޯލިކް މެކޭނިކުން ތަމްރީނުވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މީގެއިތުރުން ޓިންކަރ، ޓަގް އޮޕަޜޭޓަރ، ޑޮރޭޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.
އެމްޓީސީއިން ބުނިގޮތުގައި މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތަކީ، މަގާމާއި ގުޅޭ ދާއިރާއަކުން ތައުލީމް ހާސިލްކުރަމުންދާ ފަރާތަކަށްވުމެވެ، ނުވަތަ މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި ، އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުރުމެވެ.
ތަމްރީނު ޕްރޮގްރާމުގެ ދުވަސްވަރުގައި މަސައްކަތް ކުރަންޖެހެނީ ހަފްތާއަކު 6 ދުވަހު ކަމަށާއި، އެއީ ދުވާލަކު 08 ގަޑިއިރު ކަމަށް ވެސް އެމްޓީސީސީގެ އިއުލާނުގައި ބުނެފައިވެ އެވެ. ތިން މަސް ދުވަހަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި މަހަކަށް 5000 ރުފިޔާގެ އެލަވަންސްއެއް ވެސް ދިނުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ.
އެމްޓީސީސީން ވަނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަންގެ ހުނަވަރު ޕޯޓަލް މެދުވެރިކޮށް މި މަހު 11 ވަނަ ދުވަހުގެ 23:59 ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފަ އެވެ.