ޚަބަރު އިޖުތިމާޢީ

އައްޑޫ ސިޓީ މަގެއްގައި ހުރި ބާ ކާރުތަކެއްގައި ރޯވެއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން
އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ކާރުތަކުގައި ރޯވި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:40 ހާއިރު ކަމަށާއި, ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔާ ސްޓޭޝަނުން އެ ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފް ފަޔާ ފައިޓަރުންގެ މަސައްކަތުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ހެނދުނު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެއީ އެއީ ކިހިނެތް ހިނގި ހާދިސާއެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ.
ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ތަނުގައި ތިން ކާރު އޮތް އިރު, ތިން ކާރު ވެސް ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

Ads by MWSC
Ads by Ooredoo
  1. ގޮދާ ހަސަނު

    ތިޔައީ މަގެއްގަ ހުރި ކާރު ތަކެއްބާ ނޫނީ ވަލުތެރޭގަ ހުރި ކާރު ތަކެއްބާ.