ޚަބަރު

ސަރުކާރުން މި ދައުރުގައި މަޖިލީހަށް 37 ބިލެއް ހުށަހަޅަނީ

އައިކާ ޔުނާން ، ދެން އޮންލައިން

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 37 ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 82 ވަނަ މާއްދާގެ ރ ގެ ދަށުން ކޮންމެ ދައުރެއްގައި ވެސް ފޮނުވަން ޖެހޭ ބިލުތަކުގެ ލިސްޓު ސަރުކާރުން ލިބިފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ލިސްޓުގައި 37 ބިލެއް ހިމަނައިފައިވާ ކަމަށެވެ. ބިލުތަކުގެ ލިސްޓު އޭނާ ޖަލްސާގައި ވިދާޅުވެފައިނުވާއިރު, ލިސްޓު އާންމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބިލުތަކުގެ ތެރޭގައި މިދިޔަ ދައުރުގައި ހުށަހަޅަން ނިންމި ގިނަ ބިލުތަކެއް ހިމެނޭނެ އެވެ. މިދިޔަ ދައުރުގައި 24 ބިލެއް ހުށަހަޅަން ނިންމިއިރު އޭގެ ތެރެއިން ގިނަ ބިލުތަކުގެ މަސައްކަތް ކުރިއަށް ނުދެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރައްވަން 200 އަށް ވުރެ ގިނަ ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!