ޚަބަރު އިޖުތިމާޢީ

މަކަރު ހެދުމުގެ މައްސަލަތައް އިތުރުވެ އެހެން މީހަކު ހޯދަން އިއުލާން ކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަކަރާއި ހީލަތުގެ މައްސަލައެއްގައި ސުވާލުކުރަން ފުލުހުން ހޯދާ މީހެއް

މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

Ads by Hajj Corporation

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ފޮޓޯ އާންމު ކުރީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މައްސަލައަކާއި ގުޅުންހުރި މީހެކެވެ. އާދަމް ރަޝީދު ނަމަކަށް ކިޔާ މި މީހާ އަކީ މާލޭ ގ. ބްލޫރިވާ ގެއަށް ނިސްބަތްވާ މީހެކެވެ. އުމުރުން 38 އަހަރުގެ މި މީހާގެ އައިޑީ ކާޑު ނަމްބަރުވެސް ފުލުހުން ވަނީ އާންމު ކޮށްފަ އެވެ.

މައްސަލައެއްގެ ތަހުގީގަށް ސުވާލު ކުރުމަށް އާދަމް ރަޝީދުގެ ފޮޓޯ އާންމު ކުރީ ތަކުރާރުކޮށް އޭނާއަށް ޗިޓު ފޮނުވުމަށްފަހުވެސް ހާޒިރުވެފައި ނުވާތީކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހާޒިރުވާން އަންގާފައިވަނީ މިމަހު 24 ވަނަ ދުވަހުގެ 11:00 އަށް އޭނާ ހުރި ތަނަކާ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ.

މިފަހުން މަކަރާއި ހީލަތުގެ ވަރަށް ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ހިދުމަތް ފޯރުކޮށް ނުދިނުމާއި އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ނަމުގައި ފައިސާ ނެގުމަށްފަހު ފިލުމުގެ މައްސަލަތައްވެސް ހިމެނެ އެވެ.

މީގެ އިތުރުން ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް މުއާމަލާތްކޮށް ވަކި ތަނަކަށް ގެންދިޔުމަށްފަހު ފައިސާ ފޭރުމާއި ބިރު ދެއްކުމުގެ ބައެއް މައްސަލަތައްވެސް މާލެ ސަރަހައްދުން ވަނީ ފެންމަތިވެފަ އެވެ.

ފުލުހުން ދަނީ މިފަދަ ކަންކަމަށް އާންމުން ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!