ޗައިނީޒް އެމްބެސެޑާ ބާސަރީ ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު 15 ދަރިވަރަކަށް
"ޗައިނީސް އެންބެސެޑާ ބާސަރީ" ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ 15 ދަރިވަރުންނަށް ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޗައިނާގެ އެންބަސީއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މިއަދު ހެނދުނު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރުއެވެ. ޗައިނީސް އެމްބަސީ ގެ ފަރާތުން ސޮއިކުރެއްވީ، އެމްބެސަޑާ ވަންގ ލީޒިން އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.
ޗައިނީސް އެންބެސެޑާ ބާސަރީ" ޕްރޮގްރާމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ޝަރުތުހަމަވެ، ހޮވޭ 15 ދަރިވަރުންނަށް( ކޮންމެ ދަރިވަރަކަށް) ޖުމްލަ 10،000 ރުފިޔާގެ ގްރާންޓެއް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމަށް ހުށަހެޅުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅިފައިވާއިރު، އޭގެތެރޭގައި އޯ ލެވެލް އަދި އޭ ލެވެލްގައި އިސްލާމް އާއި ދިވެހި މާއްދާ ހިމެނޭގޮތަށް 4 މާއްދާއިން ފާސްވެފައިވުން ހިމެނެއެވެ. އަދި ޑިޕްލޮމާއިން މަތީގެ ހުރިހާ ސެމިސްޓަރ އެއްގައިވެސް 3.0-3.5 ޖީ.ޕީ.އޭއާއި ދެމުދެގެ ނަތީޖާއެއް ލިބިފައިވާން ޖެހެއެވެ.
މީގެއިތުރުން، މާލީ ދަތިކަމުގެ ސަބަބުން ތައުލީމް ހާސިލުކުރުމަށް ދަތިވެފައިވުމާއި، އެހެންއެއްވެސް ސްކޮލާޝިޕެއް ނުވަތަ ކިޔެވުމައްޓަކައި އެއްވެސް މާލީ އެހީއެއް ލިބޭ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
އަދި މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އެމްއެންޔޫ އާއި އައިއެމްޔޫގައި ކިޔަވާ ދަރިވަރުންނަށެވެ. ނުވަތަ އެ ދެ ޔުނިވާސިޓީގައި ކިޔަވަން ހުށަހަޅާ ދަރިވަރުންނަށް ކަމަށް ވެސް ޝަރުތުގައި ބުނެފައިވެއެވެ.
މި ޕްރޮގްރާމަކީ، ދެގައުމުގެ ގުޅުން ބަދަހިކޮށް، ދިވެހި ޒުވާނުންގެ މެދުގައި ޗައިނާގެ މަޢުލޫމާތު މުއްސަނދިކުރުމާއި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތައުލީމު ހާސިލްކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.