ދުވާރުމަތީ ޕާކް ނުކުރެވޭ ގޮތަށް މަގުތަކުގައި ދަގަނޑު ޖަހަން ފަށައިފި

ދުވާރުމަތީގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކު ނުކުރެވޭ ގޮތަށް, މަގުތަކުގައި ދަގަނޑު ބޮލާޑް ޖަހަން މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުވާރުމަތީގައި ޕާކު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ބޮލާޑް ޖަހާނީ ދުއްވަން އަދި ހިނގަން އުނދަގޫ ނުވާ ގޮތަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
މިހާރު ބޮލާޑް ޖަހަން ފަށާފައިވަނީ ލިލީ މަގާއި ލޮނުޒިޔާރަތް މަގުގަ އެވެ. އެ ދެ މަގަކީ ވެސް ހަނި މަގުތަކަށްވާއިރު, ދުވާރުމަތީ އާންމުކޮށް ޕާކު ކޮށްފައި ހުންނަ ދެ މަގެވެ.
މާލޭ މަގުތަކުގައި ހިނގާ ބިނގާވެ އުޅެން އުނދަގޫވާތީ އެކަން ފަސޭހަ ކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. ހަމައެއާއެކު މާލޭގެ ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށްވެސް ބިޔަ މަޝްރޫއެއް ފަށައިގެން މިހާރު ދަނީ ކުރިއަށެވެ.
މާލެއަކީ ދިރިއުޅެން ފަސޭހަ މަގުމަތީގައި އާންމު އުނދަގުލަކާއި ނުލައި އުޅެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުންވެސް އަންނަނީ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.
ގާނޫނެއް ހަދައިގެން އެ ތަންފީޒު ކޮއްގެން ކަމެއް ރަނގަޅުކުރުވުމުގެ ބަދަލުގައި ކަންކަން ހުއްޓުވަން މިޖެހެނީ ދަގަނޑު ޖަހަން. މީ ފައްކާ ވިސްނުމެއް.
ދުވާރުމަތީތަ ނޫނީ ހިނގަރުމަތީތަ؟ ދުވާރަކީ ފޭވްކޮށްފަ އޮންނަ މަގެއްގެ ދުއްވާ ބައެއް ނޫންތަ؟ މަހީކުރީ ހިނގާބައަށް ކިޔަނީ ހިނގާރުކަމަށް.