އިންތިހާބެއް ނެތި، ޕީއެންސީއަށް ދެ ކައުންސިލެއްގެ ގޮނޑި ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ބައެއް ކައުންސިލަރުން އިންތިހާބު ކާމިޔާބު ކުރުމުން ހުސްވި ގޮނޑިތަކުން ދެ ގޮނޑިއަކަށް ހަމައެކަނި ވެރިކަންކުރާ ޕީއެންސީން ކުރިމަތިލުމުން ދެ ގޮނޑި އެ ޕާޓީއަށް ލިބިއްޖެ އެވެ.
އެއިން އެއް ގޮނޑިއަކީ ޅ. އަތޮޅު ކައުންސިލްގެ ރައީސް ގޮނޑި އެވެ. އެ ގޮނޑި ކުރިން ފުރުއްވި ޔާސީން އަބްދުﷲ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރެވެ. އެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ޕީއެންސީގެ މުހައްމަދު ސަނީ އެކަންޏެވެ.
އަނެއް ގޮނޑިއަކީ ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރެއްގެ ގޮނޑި އެވެ. އެ ގޮނޑި ފުރުއްވި އިބްރާހިމް ޝިފާޒު ވަނީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ގޮނޑި ހުސްވުމުން ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ޕީއެންސީގެ އަބްދުﷲ ސާމިހެވެ.