އުރީދޫއާ ގުޅިގެން މިފަހަރު މާލޭގައި އީދު ކުލަ ގަދަކޮށް ފާހަގަ ކުރަނީ

އުރީދޫއާ ގުޅިގެން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މާލޭގައި މިއަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ފަށައިފިއެވެ.
މިއަހަރުގެ އީދުގެ ހަރަކާތްތައް ފަށާފައިވަނީ މާލޭގައި ބޭއްވި އީދު ސަޔާއެކުގައެވެ. މި ސައިގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މި ސައި ބާއްވާފައިވަނީ އާޓިފިޝަލް ބީޗާއި ބޮޑުތަކުރުފާނުމަގު ސްޓޭޑިއަމް ފުރަގަސް ސަރަހައްދުގައެވެ.
އިތުރު ހަރަކާތްތަކަށް ބަލާއިރު, ހަވީރު 04:00ގައި ދެލިމާލި ނެރުމާއި ކޯޑިކެނޑުމާއި ލަނގިރީގެ ޙަރަކާތް ރަސްފަންނު ވެލިގަނޑުގައި އޮންނާނެއެވެ..
އޭގެ އިތުރުން ސޯސަންމަގާއި މަޖީދީމަގު ގުލޭ ކަންމަތީގައި ދަފިގެނުން ރާވާފައިވާއިރު ބޮޑުތަކުރުފާނުމަގު ކޭކޭ ހުޅަނގު ގޭޓާއި ދިމާގައި ބޮޑު ޙަރަކާތެއް ރާވާފައިވެއެވެ. އަދި ހަމަ އެގަޑީގައި ސްޓެލްކޯ ފުރަގަހުގައި ބޮޑުމަސް ނެރުން ރާވާފައިވާއިރު ހަމަ އެގަޑީގައި އޮލިމްޕަސް ކުރިމަތީގައި އާޓިސްޓުންގެ ޕެއިންޓިންގ ޙަރަކާތެއް ރާވާފައިވެއެވެ.
މީގެ އިތުރުން މިރޭ 09:00ގައި ސޯޝަލް ސެންޓަރު ސަރަހައްދުގައި ފަންނާނުންގެ ސްޓޭޖްޝޯއެއް ރާވާފައިވެއެވެ.