ޚަބަރު

ޙައްޖު އޮޕަރޭޝަން ކާމިޔާބު، ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރެވުނު: ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ޙައްޖަކީ، އެންމެ ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރި ފަހަރުކަމަށާއި މިފަހަރުގެ ޙައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މީޑިއާއާއި ޙިއްސާކުރެއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވީ ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި، ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވުނުކަނާއި ޙައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތައް ގެންދެވުނު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑަށް އިސްކަމެއް ދެއްވީ، ހޫނު ގަދަ މާޙައުލެއްގައި ޙާޖީންގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެެވެ.

ވަޒީރު ވިދާޅުވީ މިފަހަރުގެ ޙައްޖުގައި 100 އެއްހައި ދިވެހި ޙާޖީން މަގު އޮޅުނު ނަމަވެސް، ލޮކޭޓިން ޑިވައިސްގެ ޒަރީއްޔާއިން ފަސޭހައިން ހޯދައިގަނެވުނު ކަމަށެވެ.

ޙައްޖު މިޝަންގެ އިންތިޒާމުތައް ރަނގަޅު ނަމަވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ  ކަންތައްތަކުގެ ތެރޭގައި މިނާގެ ޓެންޓުތަކުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަން މެދުވެރި ސަބަބުތައް ބަލައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!