ކުޅިވަރު ފުޓްބޯޅަ

އިޓަލީ އަތުން އުނދަގޫ މޮޅާއެކު ސްޕެއިން ދެވަނަ ބުރަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޫގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަތުން ހޯދި އުނދަގޫ މޮޅާއެކު ސްޕެއިމް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

Ads by Hajj Corporation

ޔޫރޯ 2024 ގައި ރޭ ކުޅުނު މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފައްދާފައިވަނީ ސްޕެއިންއިންނެވެ. ނަމަވެސް އެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ތިންވަނަ މިނެޓުގައި ސްޕެއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާތެރެއިން ޕެޑްރީ ގޮންޒާލޭޒް ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާއެވެ.

މެޗުގެ ހަތްވަަނަ މިނެޓުގަައި ސްޕެއިންގެ ނިކޯ ވިލިއަމްސްއަަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އަލްވާރޯ މޮރާޓާ ނަގައިދިން ބޯޅައަކުން ހުސްކޮށް އަރައި ވިލިއަމްސް ބޮލުން ޖެހި ބޯޅަ ދިޔައީގޯލާ ސީދާނުވެއެވެ.

މެޗުގައި ސްޕެއިންއިން ގޯލުޖަހައި ލީޑު ނެގީ 55 ވަނަ މިނެޓުގަައެވެ. އެ ގޯލަކީ މޮރާޓާ ބޮލުން ފޮނުވާލި ހަމަލާ އިޓަލީގެކީޕަރު ޑޮނަރުންމާ އަތުގަައި ޖެހިފަައި ނިކިތުމުން އެ ޓީމުގެ ރިކާޑޯ ކަލަފިއޯރީ ގައިގަައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

އެ މޮޅާއެކު ސްޕެއިން ދެވަނަ ބުރަށް ދިޔައީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓު ހޯދަައިގެން ގްރޫޕް ބީގެ އެއްވަނައިގައި އޮވެއެވެ. ދެވަނައިގައި އިޓަލީ ތިން ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގަައި އޮތް އަލްބޭނިއާ އަދި ފުލުގަައި އޮތް ކްރޮއޭޝިއާއަށް ލިބުނީ އެއް ޕޮއިންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!