ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ދަނޑުމަތީގައި ސެލްފީ ނެގި ކުޑަކުއްޖާއަށް ޔޫއެފާއިން ފިޔަވަޅު އަޅައިފިއެވެ.
ޔޫއެފާއިން ވަނީ އެ ކުއްޖާ ދެން ޔޫރޯ 2024 ގެ އެއްވެސް މެޗަކަށް ނުވަދެވޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން ޔޫރޯގައި ދަނޑަށް އެރި އިތުރު މީހުނަށް ވެސް އެ އިދާރާއިން ވަނީ ފިޔަވަޅު އަޅައިފައެވެ.
ެއެ ކުޑަ ކުއްޖާ ދަނޑަށް އެރީ ޕޯޗުގަލްއާއި ތުރުކީ ބައްދަލުކުރި މެޗު ނިމުމުންނެވެ. އެ މެޗު ނިމުމުން ރޮނާލްޑޯ ދަނޑު މެދުގައި ހުއްޓާ އެ ކުއްޖާ ވަނީ ދުވެފައި ގޮސް މޯބައިލް ފޯނަކުން ރޮނާލްޑޯއާއެކު ސެލްފީއެއް ނަގައިފައެވެ.
ފަހުން އެ ސެލްފީ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ސެލްފީއަަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ގިނަ ބަޔަކު ވަނީ އެ ކުއްޖާ ދަނޑަށް އެރުމުން ދަނޑުގެ ސެކިއުރިޓާއާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން ޕޯޗުގަލްގެ ކޯޗު ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެ ކުއްޖާ ދަނޑަށް އެރުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ މިފަހަރު ހެވިފަ ސެލްފީއެއް ނަގާލަން ކުއްޖަކު އެރިނަމަވެސް މާދަމާ ހަމަލާއެއް ދޭން ވެސް މީހަކު އަރާފާނެކަމަށެވެ. އެހެންކަމުން މިއީ ވިސްނަންޖެހޭކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ޔޫއެފާއިން ވަނީ މީގެ ކުރިން ދަނޑަށް އަރަން ހުއްދަ ލިބިފައިނުވާ މީހުން ދަނޑަށް އަރައިފިނަމަ އެ މީހަކާ މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.