އެމްޑީޕީގެ ނަން ޗޯރު ޕާޓީގެ ނަމަށް ބަދަލު ކުރަންޖެހޭ: ސައްތާރު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނަން މޯލްޑިވިއަން ޗޯރު ޕާޓީ (އެމްސީޕީ) ގެ ނަމަށް ބަދަލުކުރަން ޖެހޭކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު ސައްތާރު ވިދާޅުވީ ސަރުކާރު ބަދަލުވިއިރު ފެނަކަ ކޯޕަރޭޝަން 4.3 ބިލިއަން ރުފިޔާއިން ދަރާފައި ވާކަމަށެވެ. އޭގެ ތެރެއިން 2 ބިލިއަން ރުފިޔާއަކީ ހަމައެކަނި އެސްޓީއޯއަށް ދަރާފައި އޮތް ފައިސާކަމަށް އޭނާ ވިދާޅުވި އެވެ.
“މި ކުއްލި މައްސަލައިގެ ކަރުދާހަށް ބަލާއިރު އަޅުގަނޑު ގޮވާލަން އެމްޑީޕީގެ ނަން ބަދަލުކުރަން. އެމްޑީޕީއެއް ނޫން ކިޔަންވީ އެމްސީޕީ ކިޔަންވީ. އެއީ މޯލްޑިވިއަން ޗޯރު ޕާޓީ. އެހެންމަ މީގެ ފަހުން އިއްޒަތްތެރި މެމްބަރުން ވިދާޅުވާންވީ އެމްސީޕީ އިނގޭތޯ”
ފެނަކަ ކޯޕަރޭޝަނުން 45 އިންސައްތަ ނިންމާފައި ހުރި މަޝްރޫއުތަކަށްވެސް ޖުމްލަ ފައިސާ ދައްކާފައިވާކަމަށް ސައްތާރު ވިދާޅުވި އެވެ. އެގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހަމައެކަނި ބިންގާ އަޅައިލި ތަންތަނަށްވެސް 20 މުވައްޒަފުން ނަގާފައި އެބަހުރިކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް އޭރުގެ ސަރުކާރުން ކުރަމުންދިޔަ ކަންކަން ރައްޔިތުންނަށް ސާފުވުމުން ވެރިކަން ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރެއްވީކަމަށް މެމްބަރު ވިދާޅުވި އެވެ. މި ސަރުކާރުން ފެނަކަ ކޯޕަރޭޝަން އަލުން ކޮޅަށް ޖަހައި ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް ސައްތާރުގެ ވާހަކައިގައި ވިދާޅުވި އެވެ.
ގޭގެއިން ނަރުދަމާގެ ހިދުމަތަށް އެދުނު ނަމަވެސް ކުންފުނީގައި ފައިސާ ނެތިގެން އެމަސައްކަތްވެސް ނުކުރެވިފައި ހުރިކަން ފާހަގަކޮށް ސައްތާރު ގޮވައިލެއްވީ ކުންފުނި މިހާހިސާބަށް ދިޔަ ސަބަބުތައް ދެނެގަނެ މައްސަލަތައް ބަލާށެވެ.
“މިދިޔަ މަޖިލިސް އިންތިހާބު ތެރޭގަ އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ ފެނަކަ އެމްޑީގެ ރަށުގަ ހަދާލާފަ ހުރި ގަނޑުވަރުގެ ވާހަކަ. ކޮންތާކުން އެބޭފުޅުން ހޯއްދެވި ލާރިއެއްތޯ މިއީ. މިއީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ”
ސައްތާރު ވިދާޅުވީ މިމައްސަލަތައް ބެލިގެން ނޫނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށް ނުވާނެ ކަމަށެވެ. ދިވެހި ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލަން ދޫކޮށްލައިގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ދިވެހި ދައުލަތް އޮތީ ރޭޕުކޮށްލާފައި ކަމަށް ސައްތާރު ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވިއިރު އިގްތިޞާދު އޮތީ އިނދަޖެހިފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޜަނގަޅު ޗޯރެއް ޗޯރޭ ތި ކިޔަނިި.ސައްތާަރު މިފްކޯއިން ޗޯރުން ކާލި ލާރިގަނޑު އިހަށް ހޯދާ
އެމް ޑީ ޕީގެ ނަން ޗޯރަބަދަލްކޮށް ޕީޕީއެމް ޕީއެނޑމްސީގެ ނަންބަދަލް ކުރަން ވީ ދޮގުބޮޑިއަށް އަދި ޕީއެން ސީގެނަން ބަދަލް ކުރަން ވީ މީހުންގެ ސްލޯގަންވަގަ ނަގާ ޕާޓީގެ ނަމަ