ޖަމީލްގެ ގޮޅީގެ ކެމެރާގައި ހުރީ ދަތް އުނގުޅާ ބޭސް ހާކައިފައި

ކ. މާފުށީ ޖަލުގައި އިއްޔެ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45އ, ގެ ޖަލު ގޮޅީގައި ހަރުކޮށްފައިވާ ކެމެރާއަށް އޭނާ ގެއްލުން ދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކަރެކްޝަންގެ ބެލެނިވެރި ފަރާތްކަމަށްވާ ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިޙްސާން ވިދާޅުވީ, ޖަމީލުގެ ޖަލު ގޮޅީގައި ހަރުކޮށްފައިވާ ކެމެރާއަށް ދެ ފަހަރެއްގެ މަތިން ގެއްލުން ދީފައިވާ ކަމަށެވެ.
ފުރަތަމަ ފަހަރު ކެމެރާ ހަލާކުކޮށްލުމުން ދެވަނަ ކެމެރާއަށް ހަރުކުރި ކަމަށާއި އެކެމެރާގައި އޭނާގެ ހަރަކާތްތައް ނުފެންނަ ގޮތަށް ދަތް އުނގުޅާ ބޭސް ހާކާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އިހްސާން ވިދާޅުވީ ދަތް އުނގުޅާ ބޭސް ހޭކި ނަމަވެސް އެތެރޭގެ މޫވްމެންޓް ފެންނާނީ އިތުރު ކެމެރާއަށް ހަރު ނުކުރަން ނިންމި ކަމަށެވެ. އެއީ އިތުރު ކެމެރާއެއް ހަރުކޮށްފިނަމަ އެއަށް ވެސް ގެއްލުން ދީފާނެތީ ކަަމަށް އިޙްސާން ވިދާޅުވިއެވެ.
ޖަމީލުގެ ގޮޅީގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިނިސްޓްރީން މިއަދު އާއްމު ކުރިއެވެ. އެ ވީޑިއޯ ނުސާފުވީ ދަތް އުނގުޅާ ބޭސް ކެމެރާގައި ހުރުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރު ކެމެރާއެއް
ތިޔަފަދަ ކަން ކަން ކުރާމީހާއަށް ދަތް އުގުޅާބޭސްފަދަ ތަކެތި އެއްވަގުތުގައި ދިނުމަށް އެދެން ޖަލުންނެރި ފާހާނާގައިއެކަނި އެއްނިމުނީއެވެ
ކެމެރާ މާތިރީގަ ހަރުކުރީމަ ތިހެން ތިވަނީ