ޚަބަރު

އެމްޑީޕީގެ ގަލޮޅު އުތުރަށް މާރިޔާ، މާލޭ ދާއިރާ ރައީސަކަށް އާޒިމް ކުރިމަތިއްލައްވަނީ

އަލީ ސަމާޙް ، ދެން އޮންލައިން

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިމަތިލާން ނިންމައިފި އެވެ.

Ads by MWSC

ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުން ތިބޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ 30 ދާއިރާއެއްގެ ގޮނޑިތަކަށް ވާދަކުރަން އެ ޕާޓީން ހުޅުވާލީ އިއްޔެ އެވެ.

އެމްޑީޕީގެ ފުރަތަމަ އަންހެން ޗެއާޕާސަންކަން ކުރެއްވި މާރިޔާ ރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ ރައީސްކަމަށް ކުރިމަތިލާން ނިންމީ ގައުމު މިއޮތް ހާލަތުން އަރައިގަނެ އެމްޑީޕީން އައު ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ލަފާ ގައުމީ މަޖިލީހަށް ބޭނުންވާނެ ކަމަށް ދެކި ކަމަށެވެ.

"އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާ ރައީސް ގެ ބައި އިލެކްޝަންގައި އެ މަޤާމަށް އަޅުގަނޑު ކުރިމަތިލާން ގަސްދު ކުރަމެވެ" މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރެއްވި މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާ އަށް ނިސްބަތްވާ އެންމެހާ މެމްބަރުންގެ އެއްބާރުލުން ތާއިދަށް މާރިޔާ ވަނީ އެދިފަ އެވެ.

އާޒިމް ވިދާޅުވީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލަނީ ބަދަހި ސަފުތަކެއް ރާވާ ހިންގުމުގެ އަޒުމާއެކު ކަމަށެވެ. އަދި ތަރުތީބު ކުރުމުގެ ގާބިލުކަން ހުރީތީވެ ހިތާ ރޫހުން ވާނެކަން ގަބޫލު ކުރެވޭތީ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް ތި ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއިއެކު ކުރިމަތިލުމަށް ނިންމައިފިން"

އާޒިމް އަށް ތާއިދުކުރާކަމުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިވަގުތު މާލޭގައި އެމްޑީޕީ ކުރިއަރުވަން އެންމެ ހަރުދަނާ މަސައްކަތެއް ކުރެވޭނެ ބޭފުޅަކީ މީގެ ކުރިން ޖޫމްހޫރި ޕާޓީގައި ހުންނެވި އާޒިމް ކަމަށެވެ.

ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މި މަހުގެ ހަތެއްވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައަަޅަން ޖެހެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!