ދުނިޔެ

ގޭސް ހޮޅިއެއް ގޮވާ ބަނގްލަދޭޝްގެ މިސްކިތެއްގައި ނަމާދަށް ތިބި 16 މީހަކު ނިޔާވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބަނގްލަދޭޝްގެ މިސްކިތެއްގައި ކައިރީގައި ގޭސް ހޮޅިއެއް ގޮވާ އޭގެ ސަބަބުން މިސްކިތުގައި ހިނގި ގޮވުމެއްގައި 16 މީހަކު ނިޔާވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ،

Ads by Sosun Fihaara

ބަނގްލަދޭޝްގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ޑާކާގެ މިސްކިތެއްގެ ކައިރީގައި ، ބިމުގެ އަޑީގައި އޮތް ގޭސް ހޮޅިއެއް ގޮވާ ، އަދި އޭގެ ސަބަބުން މިސްކިތުގައި ހުރި ހަ އޭސީއެއް ގޮވާފައިވާ ކަމަށެވެ.

މި ގޮވުންތަކުގެ 16 މީހުން މަރުވެ ، 37 މީހެއްގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވާއިރު އަނިޔާ ލިބުނު އެންމެންނަށް ވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ބަނގްލަދޭޝްގެ ފަޔާ ސަރވިސް އެންޑް ސިވިލް ޑިފެންސުން ބުނެފައި ވަނީ އޭސީތައް ގޮވަން ދިމާވި ސަބަބަކީ ބިމު އަޑީގައި އޮތް ގޭސް ހޮޅި ގޮވާ އޭގެ ގޭސްތައް މިސްކިތުގެ ތެރެއަށް ޖަމާވެ ، އޭސީކޮށްފައިވާ މިސްކިތަކަށްވުމާއެކު މިސްކިތުން އެ ގޭސްތައް ބޭރުވާނެ ގޮތެއް ނެތުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ހާދިސާގެ ތަހުގީގް ކުރަމުންދާ ކަމަށް ވެސް ފަޔާ ސާވިސްއިން ބުނެއެވެ.

މައްސަލަ ޖެހި ގޭސް ހޮޅިތަކުން ގޭސް ލީކްވުމަކީ ބަނގްލަދޭޝްގައި އާންމު ކަމެކެވެ. އެކަން ދިމާވާ ސަބަބަކީ އެކި ބޭނުންތަކުގައި މަގުތައް ކޮންނައިރު ޕްލޭނެއް ނެތުމާއި ފަރުވާ ކުޑަވުން ކަމަށް މީޑިއާތައް ރިޕޯޓްކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!