ޚަބަރު

ކޮވިޑް19: ދިއްދޫ އިން 3 މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހއ. ދިއްދޫ އިން 3 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

އެރަށުން ފައްސިވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި ތިން މީހުނެވެ. މި މީހުން ފައްސިވެފައިވާ ކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލް އިންނެވެ.

އެރަށުން ފައްސިވެފައިވަނީ 4 އަހަރުގެ ކުޑަކުއްޖަކާއި 30 އަހަރާއި 50 އަހަރާއި ދޭތެރޭގެ އަންހެނަކާއި ފިރިހެނެކެވެ.

ދިއްދޫ ކައުންސިލުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ބައްޔަށް ފައްސިވެފައިވަނީ ދިއްދޫ ފްލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެކެވެ.

ހޯމް ކަރަންޓީނުގައި މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް ހޯމް ކަރަންޓީނަށް ރަށް ރަށަށް ދާ ފަރާތްތައް ކޮވިޑް-19 އަށް ފައްސިވާ މިންވަރު ވަނީ އިތުރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!