ޑައިވިނަށް ދިޔަ ބިދޭސީ އަންހެނަކު ގެނބިގެން މަރުވި މައްސަލައެއް

ޑައިވިނަށް ދިޔަ ބިދޭސީ އަންހެނަކު ގެނބިގެން މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހުޅުމާލެ މޫދުގައި ޑައިވިނަށް ގޮސް އުޅުނު އަންހެނަކު ގެނބިގެން މަރުވެފައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ ތައިލެންޑްގެ އުމުރުން 55 އަހަރުގެ އަންހެނެއް ކަމުގަ އެވެ.