ޚަބަރު އިޖުތިމާޢީ

ހުޅުމާލެ ކޮމާޝަލް އައުޓްލެޓްތަކާ ކިއޮސްތައް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިން ހުރި ގާޑިޔާތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކަކާއި، ހުޅުމާލޭގައި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

Ads by STELCO

އެ ދެ މަޝްރޫއުވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލް އަށެވެ. ނަމަވެސް، ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެ އެވެ.

ކޮމާޝަލް އައުޓްލެޓްތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގުމަށް އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 28، 2024 ގެ 14:00 އެވެ.

މި ދެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 1516 އަށް ގުޅަން އެޗްޑީސީން ވަނީ އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!